ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއާ ދެކޮޅު ހަރަކާތުގައި އައިއެސްގެ ކަޅު ދިދަ ބޭނުން ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕެއިންގައި ޓެރެރިސްޓު ޖަމާއަތެއް ކަަމަށްވާ އައިއެސްގެ ކަޅު ދިދަ ބޭނުންކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެދިދައިގަ މިހާރުވާ ލިޔުން އައިސިސް ދިދައިގެ ލިޔުމަށް ބަދަލު ކުރުމަށް ރޭވުމަކީ މިބާވަތުގެ މުއާމަލާތުގައި އާއްމު އުކުޅެއް ކަމަށް މާހިރުން ދެކޭ ކަމަށެވެ.

“ދިވެހިން ވިސްނަވާތި.” ރައީސް ނަޝީދު ވިދާޅުވިއެވެ.

“އިންޑިއާ އައުޓް” ކެމްޕޭނަކީ ހައްދުފަހަނަ އަޅާފައިވާ، ހަރުކަށި ޖަމާއަތްތަކުން ރާވައިގެން ހިންގާ ކެމްޕޭނެއް ކަމަށް ނަޝީދު އަންނަނީ ތަކުރާރުކުރައްވަމުންނެވެ.

ނަޝީދު ވިދާޅުވާ ގޮތުގައި އައިސިސް ޖަމާއަތާ ދުނިޔޭގެ އެހެނިހެން ޓެރަރިސްޓު ޖަމާއަތްތައް ހަރަކާތްތެރިވާ ގޮތް، ދުނިޔޭގެ ޖާސޫސީ އިދާރާތަކަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އެފަދަ ޖަމާއަތަކުން ގައުމެއް ހިފަން ބޭނުން ނަމަ އެންމެ ފުރަތަމަ ކުރާ ކަމަކީ އެ ގައުމެއް ބައިނަލްއަގުވާމީ އާއިލާއިން އެކަހެރިކުރުން ކަމަށެވެ.

ނަޝީދު ވިދާޅުވަނީ ސޯޝަލް މީޑިއާގައި “އިންޑިއާ އައުޓް” ހޭޝްޓެގް ބޭނުންކުރާ މީހުންގެ ތެރޭގައި ޖުމްލަކޮށް އުޅެނީ ދިވެހީން ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: