ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައްދުއިން އިތުރު 24 މީހަކު ޕޮޒިޓިވްވެ، ޖުމުލަ 59 އަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ކައްދޫއަށް ޓްރެއިނިންއަކަށް ގޮސް ތިއްބާ ޕޮޒިޓިވްވި ސިފައިންގެ އަދަދު 59 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި މައުލޫމާތައް ބަލާއިރު ކައްދޫން އިއްޔެ ވަނީ 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ކައްދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ސިފައިންނަކީ ލ. ގަމުގެ މީހުން ދިރިނޫޅޭ ސަރަހައްދެއް ކަމަށްވާ ކަށިކޮލި ސަރަހައްދުގައި ކޭމްޕުކޮށްގެން ތިބި ޓްރެއިނިން ބެޗެއްގައި ހިމެނޭ 25 ސިފައިންނެވެ. މިއީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ނެގި 93 ސާމްޕަލްގެ ތެރެއިން ފެނުނު ކޭސްތަކެއް ކަމަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އެ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ލ. ގަމުން ކަމަށް ކުރިން ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް ފަހުން އެފަރާތްތަކުން ބުނެފައި ވަނީ އެއީ ކައްދޫގައި ކަރަންޓީންގައި ތިބި ބައެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ސިފައިން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: