ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލް ކުދިންގެ އެންޓިބޮޑީ ޓެސްޓު ހަދަން ފަށަނީ

މާލޭގެ ހާލަތު ރަނގަޅުވުމުން މީގެ ކުރިން ވެސް ސްކޫލުތަކުގެ ކިޔެވުން ފެށި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ފެތުރި އެބަލިން ރަނގަޅުވެފައިވާނީ ކިހާ ޢަދަދެއްގެ މީހުންތޯ ދެނެގަތުމަށްޓަކައި މިހަފްތާގެތެރޭގައި އެންޓިބޮޑީ ޓެސްޓު ހަދަންފަށާނެކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ހަގީގީ އަދަދު ދެނެގަތުމަށް އެންޓި ބޮޑީ ޓެސްޓު ހެދުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަޒްލާ ވިދާޅުވީ މި ޓެސްޓު ހަދަން ޖެހެނީ މުޅި އާބާދީގެ ހުރިހާ އުމުރު ފުރާތަކަކަށްކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ފަށާނީ ސްކޫލް އުމުރުފުރާތަކުގެ ކުދިންނަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އެންޓި ބޮޑީ ޓެސްޓް ހެދުމަށް ބޭނުންވާ ހުއްދައާއި ސާމާނު މިހާރު ލިބިފައިވާކަމަށާއި އެ ޓެސްޓަކީ މުޖުތަމަޢުގައި އުޅޭ ހުރިހާ ޢުމުރުފުރައެއްގެ މީހުންގެ ހަދަން ނިންމާފައިވާ ޓެސްޓެއްކަމަށެވެ.

“މި ޓެސްޓްތައް ހަދަން ޖެހެނީ އާބާދީގެ ހުރިހާ އުމުރުފުރައެއްގެ. އެހެންވީމަ އެންމެ ފުރަތަމަ މި ފެށެނީ ސުކޫލް އުމުރުފުރާގެ. މި ހަފްތާގައި ޓެސްޓް ހެދުމުގެ ކަންކަން ފެށޭނެ،” ނަޒްލާ ވިދާޅުވިއެވެ.

އެންޓިބޮޑީ ޓެސްޓް ހަދަންފަށަން މިހަފްތާގައި ނިންމާފައިވާއިރު މިކަމަށް ބޭނުންވާ ސްޓަޑީ ޕްރޮޕޯސަލް ތައްޔާރުކޮށް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހެލްތު ރިސާޗް ކޮމިޓީއަށް ހުށަހަޅައި އެޕްރޮޕޯސަލް ވަނީ ފާސްވެސްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: