ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުން، އެކަމަކު މިއީ އެ ބަހުސްގެ ވަގުތެއް ނޫން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުން ކަމަށާއި ނަމަވެސް މިއީ އެ ބަހުސްގެ ވަގުތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބިލެއް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ޖާބިރު ހުށަހެޅުއްވި އިސްލާހަކީ އެބާވަތުގެ އިސްލާހެއް ނޫން ކަމަށް އެމަކުފާނު ވިދާޅުވި އެވެ.

“ކާށިދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވަނީ ކުޑަކޮށްވެސް އެ ބާވަތުގެ އިސްލާހެއްވެސް ނޫން. އަދި އެމަގަށް ދިއުމަށް ބަހުސެއް ފަށަންވީ ވަގުތު ކަމަކަށްވެސް އަޅުގަނޑު ނުދެކެން މިވަގުތަކީ” ނަޝީދު ވިދާޅުވިއެވެ.

އަދި މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން އެ ބިލު ވެސް އެޖެންޑާ ކުރަންޖެހޭ ކަމަށާއި އެ ބިލާ ގުޅޭގޮތުން ގޮތެއް ނިންމަވާނީ މެންބަރުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ހަބަރު ސިޓީގައި މިދިޔަ މަހު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

ނަޝީދު ލިޔުއްވާފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އަދި އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށްދެވެން އޮތް ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: