ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު މައްސަލާގައި ދައުވާކުރަން ފޮނުވައިފި

ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އަދި އޭސީސީގެ ރައީސް އައިމިނަތު ޝިއުނާ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގު ނިންމުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި އޭސީސީން ޕީޖީ އޮފީހަށް ދައުވާ ކުރަން ފޮނުވީ ރޭގެ ވަގުތެއްގައެވެ. އޭސީސީން ފޮނުވި މައްސަލަ ޕީޖީ އޮފީހުން މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ.

މި މައްސަލާގައި ދައުވާކުރަން ފޮނުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން، އެ މިނިސްޓްރީގެ ބިޑު ކޮމިޓީ އަށެވެ.

މީގެ އިތުރުން، ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮމެޓީގެ ޗެއާރ ނިޝާމާ މުހައްމަދާއި، ޑައިރެކްޓަރ ފައިނޭންޝަލް އެގްޒެކެޓިވް އަހުމަދު އަސްލަމް އާއި ހެލްތް މިނިސްޓްރީ ބިޑް ކޮމެޓީގެ މެމްބަރުންނާއި އެމިނިސްޓްރީގެ ބައެއް އިސްވެރިންގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ.

ވެންޓިލޭޓަރު މައްސަލަ ފެންމަތިވެގެން ދިޔައީ ހެލްތު މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓާއި ގުޅިގެންނެވެ. އެ މައްސަލަ އާއިއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފުލުހުންނާއި އޭސީސީ ގުޅިގެން ޖޮއިންޓު ތަހުގީގެއް ކުރިޔަށް ގެންދިއުމަށް އަންގަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: