ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންވެލްތުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮމަންވެލްތާ ގުޅުމަށްފަހު ބޭއްވި އެޖަމްއިއްޔާގެ ޚާރިޖީ ވަޒީރުންގެ ފުރަތަމަ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ވަރޗުއަލްކޮށް މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިނގިރޭސި ޚާރިޖީ ވަޒީރުން ޑޮމިނިކް ރާބް އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމަށް ދިވެހިރާއްޖެއިން ކުރި މަސައްކަތަށް ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުންނާއި އަދި ސެކްރެޓަރީ ޖެނެރަލް ކުރެއްވި މިންނެތް މަސައްކަތް ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ. އަދި ކޮމަންވެލްތަކީ ކުދި ޤައުމުތަކުގެ އަޑު އިއްވާ، އެ އަޑު އަހާ ޖަމްއިއްޔާއެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ކޮމަންވެލްތު ވަލްނަރަބަލިޓީ އިންޑެކްސްއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވައި، ކޮވިޑް-19ގެ ސަބަބުން ކުދި ޤައުމުތަކަށް ލިބުނު ގެއްލުންތަކާ، މޫސުމީ ބަދަލުތަކަށް ރިޢާޔަތްކުރެވޭ ގޮތަށް އެބަދަލުތައް ވަރަށް އަވަހަށް ފެނިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކަށް ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް އިތުރުކަމަށާއި، އެޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ހޯދަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޮމަންވެލްތުން މެމްބަރު ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޑިޒާސްޓަރ ރިސްކް ފައިނޭންސް ޕޯޓަލްއެއް ޤާއިމްކުރިކަމާއި، ބައިނަލްއަޤްވާމީ މާލީ ބާޒާރުން މެމްބަރު ޤައުމުތަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރިކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮމަންވެލްތާއެކު ކުރިއަށް އޮތްތަނުގައި ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ.
ރައީސުލްޖުމްހޫރުއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ވައުދުފުޅާ އެއްގޮތަށް ކޮމަންވެލްތާއި ދިވެހިރާއްޖެ އަލުން ގުޅުނީ 2020 ފެބްރުއަރީ 1 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: