50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފައި ވަނީ ށ.އަތޮޅާއި އދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.
ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު 11:45 އާއި ހަމައަށެވެ.
އެސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރުމާއެކު ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

