ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިކި މަހާއި ލޮނުމަސް އަނެއްކާވެސް ލަންކާއަށް ފޮނުވަންވީ. ހުރަހެއް ނެތް!

ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އުފައްދާ ހިނކި ކަނޑު މަހާއި، ލޮނުމަސް ލަންކާއަށް ބޭރު ނުކުރެވޭތާ ދުވަސްތަކަކަށްފަހު އަލުން އެމަސައްކަތް ފެށިއްޖެކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޝަޙީމް (އަނދުން ހުސެން) ވިދާޅުވެއްޖެއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އަނދުން ހުސައިން، ހާރިޖީ ވަޒީރު ޓެގް ކުރައްވާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައި އުފައްދާ ހިނކި ކަނޑު މަހާއި، ލޮނުމަސް ލަންކާއަށް ބޭރު ނުކުރެވޭތާ ދުވަސްތަކަކަށްފަހު، އަލުން މަސް ބޭރުކުރެވޭ ގޮތަށް ހަމަޖެހިގެން ދިޔައީ ދިވެހި ސަރުކާރުގެ ވަރަށް ގިނަ މަސައްކަތްތަކުންކަމަށެވެ.

ސަންގަށް މައުލޫމާތު ދެއްވަމުން އަނދުން ހުސައިން ވިދާޅުވީ، ދިވެހިންނަކީ ކަނޑު މަހުގެ ބާވަތްތަކުން ނަފާ ހޯދަން ދަންނަ ކެރޭ ހީވާގި ބައެއް ކަމަށެވެ. އެގޮތުން ހިކި މަހާއި ލޮނު މަސް އެކްސްޕޯޓްކޮށްގެން ނަފާ ހޯދަމުން ދާ އެތައް ބަޔަކު ތިބި ކަމަށާއި، ނަމަވެސް ލަންކާ މަގު ބަންދުވުމުން ވަރަށް ގިނަ ބަޔަކު އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

އެހެންކަމުން މިއީ އަނެއްކާވެސް އެ ފަރާތްތަކަށް ލިބިގެން ދިޔަ އުވާފެރި ޚަބަރެއްކަމަށާއި، ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަން ޔަގީން ކުރައްވާ ކަމަށެވެ. އަދި ޒުވާން ވިޔަފާރިވެރިންވެސް މިކަމުގެ ތެރެއަށް ވަދެ ނޫ އިގުތިސާދު ނޫ ކަނޑުތަކުން ލިބޭ ނަފާއާއަށް ބަރޯސާވާ މިންވަރު އިތުރުވެގެން ދާނޭކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު ވަނީ ރައީސް ޞާލިހާއި، ހާރިޖީ ވަޒީރުގެ އިތުރުން ލަންކާ ސަރުކާރުގެ ހާރިޖީ ވަޒީރަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ.

މިކަމާ ގުޅޭ ގޮތުން ޚާރިޖީ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ލަންކާ ސަރުކާރުގެ ހާރިޖީ ވަޒީރާއި، މަސްވެރިކަމާއި ބެހޭ ވަޒީރުގެ އިތުރުން، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއެކު ބޭއްވި މަޝްވަރާތަކުން ރާއްޖޭގައި އުފައްދާ ހިކި ކަނޑު މަސް ލަންކާއަށް ފޮނުވުމަށް މިހާރު އެއްވެސް ހުރަހެއް ނޯންނާނެކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: