ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އަމިއްލަ އެދުމަށް މުޅި ގައުމު ފަސާދަކޮށްފި: އަނދުން ހުސައިން

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެން ޝަމީޟް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަ އެދުމަށް މުޅި ގައުމު ފަސާދަކޮށްފިކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށައަޅުއްވާފައިވާ ބިލަށް ވާހަކަދައްކަވަމުން ހުސައިން ޝަހީމް ވިދާޅުވީ މި ބިލު ހުށައެޅުމުގެ ބޭނުމަކީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކުނި އެތެކުރުމަކީ ގާނޫނުން މަނާކަމެއްގެ ގޮތުގައި ހަމަޖެއްސުންކަމަށެވެ.

ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި މަގްސަދެއްގައި ގާނޫނަށް އިސްލާހުގެންނަން މިފަދަ ބިލްތައް މަޖިލީހަށް ހުށައެޅި ނަމަވެސް ކަންކަން އިސްލާހުނުވަނީ ކީއްވެގެންތޯ ބަލަން ޖެހޭކަމަށް ހުސައިން ޝަހީމް ވިދާޅުވިއެވެ. ސަރުކާރަށް ބޮޑު ޕްރޮޖެކްޓެއް ލިބިއްޖެނަމަ، އޭގެ ކޮންސަލްޓެންސީން ދޭންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނުފޫޒު އޮންނަ އާއިލީ ކުންފުންޏަކަށްކަމަށް ވިދާޅުވެ، ހުސައިން ޝަހީމް އިޝާރާތްކުރެއްވީ ތިލަފުށި ވޭސްޓް އެނަރޖީ ޕްރޮޖެކްޓަށެވެ.

އެއީ ގާތްގަނޑަކަށް ފަސް ސަތޭކަ ފަސްދޮޅަހަކަށް މިލިއަން ޔޫއެސް ޑޮލަރުގެ އަގުހުރި ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓުގެ ކޮންސަލްޓެންސީވެސް ނަންގަވާފައި މިއޮތީ ރައްޔިތުންގެ މަޖިލީހުގެ ދެބެއިންގެ ދެފަރި ބޭފުޅުން ހިމެނޭ، އަދި އެއްބަނޑުއެއްބަދާ ބޭބެ ހިމެނިވަޑައިގަންނަވާ ކުންފުންޏެއް.

ހުސައިން ޝަހީމް ވިދާޅުވިއެވެ.

ހުސައިން ޝަހީމް ވިދާޅުވީ އެ ޕްރޮޖެކްޓްގެ ކޮންސަލްޓެންސީވެސް ހަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އާއިލީ ބޭފުޅުންގެ ކުންފުންޏަކަށްކަމަށެވެ. ރައީސް ނަޝީދު އަމިއްލަ އެދުމަށް މުޅި ގައުމު ފަސާދަކޮށްފިކަމަށް ހުސައިން ޝަހީމް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ފުލުހުންނާއި ސިފައިން އެއީ އެމްޑީޕީ މެންބަރުން ދެކެ އިންތިހާއަށް ރުޅި އަންނަ ބަޔަކަށް ހަދައިފިކަމަށްވެސް ހުސައިން ޝަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: