ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2012 ވަނަ އަހަރު ވެރިކަން ވެއްޓުނީ ކޮން ރިއެކްޝަނަކާއި ގުޅިގެން؟: އަނދުން ހުސައިން

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓިގެންދިޔަ ދުވަހު އެމަނިކުފާނު “ރިއެކްޓު” ކުރި މަންޒަރު ފެނިވަޑައިނުގަންނަވާކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް(އަނދުން ހުސައިން) ސިފަކުރައްވައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހުސައިންވަނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓިގެންދިޔަ ދުވަހު އެމަނިކުފާނު ކުރެއްވި ރިއެކްޝަނަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. އެނާ ވިދާޅުވީ، އެނާ ހުންނެވީ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމުގައިކަމަށެވެެ.

އެހެންކަމުން އެދުވަހު އެނގިގެންދިޔައީ ގައުމީ ސަލާމަތާއި ބޭހޭ ކަންކަން އެމްއެންޑީއެފްއިން ރައީސް ނަޝީދަށް އަރުވަމުންދާނެކަންކަމަށެވެ. އަދި ވެރިކަން ވެއްޓިގެންދާ ފަދަ ވާހަކައެއް ނޭނގި ނުދާނެކަމަށާއި އެފަދަ މައުލޫމާތެއް އެނާއަށް ލިބިފައިނުވާއިރު، ވެރިކަން ވެއްޓިގެންދިޔައީ ކޮން “ރިއެކްޝަން” އަކާއި ގުޅިގެން ތޯ ހުސައިން ސުވާލު ކުރެއްވިއެވެ.

އެނާ ވިދާޅުވީ، ރައީސް ސާލިހުގެ އަމަލުތައް ބައްޓަންކުރައްވާފައިވަނީ އެކަށީގެންވާ އުސޫލެއްގެ މަތިންކަމަށެވެ. އަދި “ރިއެކްޓު” ނުކުރައްވާކަމަށް ފެނިގެންދިޔަ ނަމަވެސް، ރައީސް ނަޝީދުގެ ވެރިކަމުގައި ވެގެންދިޔަ ފަދައިން ކެބިނެޓު އެއްކޮށް އިސްތިއުފާ ދިނުމަށް އެނގުން ފަދަ “ރިއެކްޓެއް” ރައީސް ސާލިހު ނުކުރައްވާނެކަމަށް އެނާ ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ، ވެރިކަމުން އިސްތިއުފާ ދިނުން ފަދަ ކަންކަމަކީ އެއްވެސް ހާލަތެއްގައި “އެފޯޑު” ކުރެވޭނެ ކަންކަން ނޫންކަމަށެވެ. އަދި އެމީހެއްގެ ހުރިހާ ހަކަތައެއް ހޭދަކޮށްގެން ޖަލުގެ ތޭރިތަކުގެ ފަހަތުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ވެރިކަމެއް ގެނައުމުން މެނދުރު އިރު މެދު ނުޖެހެނީސް ކެބިނެޓު އިސްތިއުފާ ދިނުމަށް އެނގުމުން ނުކުމެގެންދިޔައީ ނޭދެވޭ ނަތީޖާތަކެއްކަމަށް އެނާ ފާހަގަކުރެއްވިއެވެ. އެނާ ވިދާޅުވީ، ރައީސް ނަޝީދު އޭރު “ރިއެކްޓު” ކުރެއްވި ގޮތަށް ރައީސް ސާލިހު “ރިއެކްޓު” ކުރައްވަން ބޭނުންވެވަޑައިނުގަންނާވާނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: