ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްޔެ ހަތަރު ލައްކަ މީހުން ފޮޒްޓިވް, މިއީ ރެކޯޑް އަދަދެއް

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށްވުރެ މައްޗަށް އަރައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ވެފައިވަނީ މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ފެނުނު ފަހުން ވެސް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފޮޒްޓިވްވވި ކަމަށް ރެކޯޑް ކުރެވުނު ދުވަހަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް ދުނިޔެއިން އިތުރު 411,000 އަށްވުރެ ގިނަ މީހުން މިބައްޔަށް ޕޮޒްޓިވްވެފައި ވާއިރު, މިއާއެކު ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 39,563,000 އަށް އަރާފައެވެ.

މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ބަޔަކު ފޮޒްޓިވްވެފައިވާ ގައުމަކީ އެމެރިކާއެވެ. އެގޮތުން އެޤައުމުން އެކަނިވެސް މިހާތަނަށް 8.2 މިލިއަން މީހަކު ކޮވިޑް-19 އަށް ޕޮޒްޓިވްވެފައި ވެއެވެ. ދެވަނައަށް އެންމެގިނަ ބަޔަކު ޕޮޒްޓިވްވި ޤައުމެއްގެ ގޮތުގައި އޮތީ އަވައްޓެރި އިންޑިއާއެވެ. އެގޮތުން އެގައުުމުގެ7.4 މިލިއަން މީހުންނަށް މި ބަލި ވަނީ ޖެހިފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އެންމެ ގިނަ ބަޔަކު ފައްސިވާ ޤައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. .

ދުނިޔެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1.1 މިލިއަނަށް އަރާފައެވެ..

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 29 މިލިއަން މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިވަގުތު ފަރުވާދެމުން ދަނީ 8.8 މިލިއަން މީހުންނަށެވެ. އޭގެތެރެއިން 71,000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: