ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީ އަށް އިތުބާރެއް ނެތް، ވަކި ކުރަން ހުށަހަޅާނަން: މީކާއިލް

ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ މެމްބަރުންގެ މައްޗަށް އިތުބާރެއް ނެތް ކަމަށާއި، އެ މެމްބަރުން ވަކި ކުރަން ހުށަހަޅުއްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާ މެމްބަރު މީކާއީލު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެންނެވެ.

މިކަމާ ގުޅީގެން މީކައިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ކޮމިޓީއަށް ހެނދުނު 11 ޖަހާއިރަށް ހާޒިރުވާން އަންގާފާވަނިކޮށް، ހެނދުނު 8 ޖެހިއިރު، އަވަސްއަރުވާލާފާ، ދަށްފެންވަރުގެ ތަހުގީގީ ރިޕޯޓެއް ޕީ.ޖީ އޮފީހަށް ފޮނުވުގެ ނަތީޖާ ފެނިގެން ހިނގައްޖެ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ މިގޮތަށް ނިންމީ އޭސީސީން ފޮނުވި މައްސަލަ ދިރާސާކުރުމަށްފަހު ކަމަށެވެ. އެގޮތުން މިގޮތަށް ނިންމައި އިއްޔެ އެ މައްސަލަ ޑިކްލައިންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މިގޮތަށް ނިންމި ސަބަބު ހާމަކުރަން ޕީޖީ އޮފީހުން މިއަދު މެންދުރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: