ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޕްލައިނާއި ޚިލާފަށްވެސް އަމީން ބޭރުކުރުމުގެ މަސައްކަތް ކުރާނަން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަކިކުރުމުގެ މައްސަލަގައި  އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ކޮންމެ ގޮތަކަށް ނިންމިޔަސް ވިޕްލައިނާ ޚިލާފްވާން ޖެހުނަސް އެކަން ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަމީން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ފެއްޓެވީ އޭނާ ވަކިކުރަން ފެނޭތޯ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ނެގި ވޯޓް ނާކާމިޔާބު ވެފައިވަނިކޮށެވެ.

އެކަމާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ރައީސް ނަޝީދު ވިދާޅުވީ ޕީޖީ ގްރޫޕްގެ ނިންމުމުގެ ބޭރުންވެސް އެކަން ކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުގެ ކުރިން ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ވިދާޅުވެފައިވަނީ އެޖެންޑާ ކުރެވިފައިވާ މައްސަލަ ރައްދުވާ ފަރާތަކީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ފަރާތެއް ކަމަށެވެ.

ނާޝިޒްގެ ވާހަކަ އާއި ގުޅިގެން އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ރައީސް ސޯލިހަށް ފޯނުކޮށް އެވާހަކަ ދެއްކެވި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ވަޒީރަކު ވަކިކުރައްވާނީ އެމަނިކުފާނު ކަމަށާއި މަޖިލީހުން އެކަންކުރުން ރަނގަޅު ނޫން ކަމަށް ވިދާޅުވި ކަމަށެވެ.

އެގޮތަށް ވިދާޅުވުމުން، ރައީސް ސޯލިހްވެސް އެ ގުރޫޕުގައި އިންނަވަކާން ރައީސް ނަޝީދު ބިގޭއަށް ހަނދުމަކޮށްދިނެވެ. އަދި މެންބަރު ރަޝީދު ރައީސް ސޯލިހޭ ކިޔައިގެން ދައްކާ ވާހަކަ ޤަބޫލު ގަބޫލުކުރައްވާ ބޭފުޅުން އެގޮތަށް އަމަލު ކުރެއްވުމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވިޕްލައިނާ ހިލާފަށް އެ މައްސަލަ ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުމުން، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ކޮންމެ ގޮތަކަށް ފިޔަވަޅު އެޅި ނަމަވެސް އެކަން ގަބޫލު ކުރާނެ ކަމަށެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އަމީން ބޭރުކުރަން ފާސްނުވުމުން އެމައްސަލަވަނީ ރައްޔިތުންގެ މަޖިލީހަށް ވައްދާފައެވެ. “ސައުވީސް މެންބަރުންގެ ސޮޔާއެކު އެމައްސަލަ ވެއްދީ ގަބޫލުކުރައްވާ ބޭފުޅުން އެގޮތަށް އަމަލު ކުރައްވާ،” ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: