ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލާގައި އަސްއަދު: ސަރުކާރާއި މަޖިލިސް ފެއިލްވުމުގެ ސަބަބަކަށްވާނަމަ، ކޮމިޝަންގެ ރައީސްގެ މަގާމުން އެކަހެރިވާން ތައްޔާރު!

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ފެއިލްވުމުގެ ސަބަބަކަށް ވާން ބޭނުންނުވާ ކަމަށާއި އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތުގެ ސަބަބުން މަޖިލީހާއި ސަރުކާރު ފެއިލްވެދާނެކަމަށް ގަބޫލުކުރެވޭނަމަ، މަގާމުން އެކަހެރިވާން ތައްޔާރުކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ޕްރޮސެކިޔުތަރ ޖެނެރަލް އޮފީހުގެ އިސްވެރިން މަޖިޅީހުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ވަނީ ހާޒިރުކޮށްފައެވެ. ކޮމިޓީގައި ތިއްވެވި މެމްބަރުން ވަނީ ވަރަށް ބޮޑަށް މަސައްކަތުގެ ސްޕީޑް ލަސްކަން ފާހަގަކުރައްވައި، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި ކޮމިޝަންތަކުގެ މަސައްކަތް ލަސްވެގެން ދިޔުމުގެ ސަބަބުން، މަޖިލީހާއި ސަރުކާރަށް އެކަމުގެ ފާޑިުކިޔުންތައް އަމާޒުވަމުންދާކަން ފާހަގަކުރަައްވައި ކޮމިޓީގެ މެމްބަރަކު ވިދާޅުވީީ ނިމިދިޔަ ސަރުކާރު ފެއިލްވެއްޖެ ކަމަށް ބަލައި އައު ސަރުކާރެއް ރައްޔިތުން އިހްތިޔާރުކުރީ މިފަދަ މަސައްކަތް ބެލުން އަވަސްވެ، އިންސާފް ގާއިމްކުރުމަށް ރައްޔިތުން ބޭނުންވާތީ ކަމަށެވެ. އެހެންކަމުން، އިންސާފް ގައިމްކުރުން ލަސްވެގެންދާނަމަ ފާޑިކިޔުން އަންނާނީ ސަރުކާރަށާއި މަޖިލީހަށްކަމަށް ވިދާޅުވިއެވެ.

ރައްދުގައި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަސްއަދު ވިދާޅުވީ، ކޮމިޝަންގެ ސަބަބުން ސަރުކާރާއި މަޖިލިސް ފެއިލްވެގެންދާން ބޭނުންނުވާ ކަމަށެވެ. މަޖިލީހުގެ މެމްބަރުންނަށް، ފެއިލްވަމުންދާކަމުގެ އިހުސާސް ކުރެވޭނަމަ މަގާމުން ބޭރުކުރަންވީ ކަމަށާއި މަގާމުން އެކަހެރިވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.

އަސްއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގު ލަސްކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މިފަދަ މައްސަލަތަކަކީ މީހެއްގެ ޑީއެންއޭއަށް، ނުވަތަ ހަމައެކަނި ލިބެންހުރި މައުލޫމާތަށް ބެލުމަށްފަހު ތަހުގީގު ކުރިއަށް ގެންދެވޭވަރުގެ ތަހުގީގެއްނޫންކަަމަަށް ވިދާޅުވިއެވެ. އަސްއަދު ވިދާޅުވީ ލިބެންހުރި މައުލޫމާތަށް ބަލައި ވާހަކަ ދެއްކިދާނެ ކަމަށާއި އެހެންނަމަވެސް، މައުލޫމާތަށް ބިނާކޮށް ޕީޖީ އޮފީހުން ދައުވާކުރުމަށް ނުފޮނުވޭނެކަމަށެވެ. އަދި މައްސަލައެއްގައި ދައުވާކުރުމަށް އެކަށީގެންވާ ހެއްކާއި ގަރީނާ ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން 7 އޮގަސްޓް2019 އާއި ހަމައަށް ބީއެމްއެލްގެ އެއްބާރުލުން ނުލިބޭކަމަށާއި ބީއެމްއެލްގެ ފަރާތުން ލިބެންޖެހޭ މައުލޫމާތު ލިބެން ފެށީ ކޯޓަށް ގޮސްގެން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މައްސަލަ ތަހުގީގުކޮށް ނިންމައި، ބަޔަކު މީހުން ހުރަގެއަށް ފޮނުވައި، އަދަބު ދިނުމަކީ ފަސޭހަކަމަކަށް ވެދާނެކަމަށާއި އެހެންނަމަވެސް އެކަމުން މުސްތަގްބަލަށް ކުރާން ފައިދާއެއް ނޯންނާނެ ކަމަށެވެ. ތަހުގީގު ނިމިގެންދާއިރު ހަމައެކަނި ބަޔަކަށް އަދަބު ދިނުމަށްްފަހު ނިންމާލަންވީތޯ ނުވަތަ މުސްތަގްބަލްގެ ސަލާމާތަށް މިކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކުރެވެންހުރި ކަަންކަން ތަހުގީގުގެ ތެރެއިން ފާހަގަކުރާނީތޯ، އެސުވާލު ރައްޔިތުންނަށް ދޫކޮށްލާނީކަމަށް އަސްއަދު ވިދާޅުވިއެވެ. އަދި ތަހުގީގު ނިމިގެންދާއިރު ކުންފުނިތައް ޒިންމާދާރުކުރުވާނެ ގޮތެއްވެސް ބަލަންޖެހޭކަމަށް ވިދާޅުވިއެވެ.

ކޮމިޝަނެއް އުފައްދާލާއިރަށް ތަހުގީގެއް ނިމޭނެކަމަށް ގަބޫލުކޮށްގެން ނުވާނެ. ފަސް ކޮމިޝަން އުފެއްދުމަށްވުރެ، ދެތިން ކޮމިޝަނަށް އެއް އިންވެސްޓިގޭޓަރަކުވެސް މާ ރަނގަޅުވާނެ

މަސައްކަތުގެ ސްޕީޑް ލަސްކަމަށް ހީވިޔަސް، މަސައްކަތްކުރަންޖެހުނު ހާލަތަށް ބަލާއިރު ސްޕީޑް ލަސްނޫންކަމަށް ވިދާޅުވިއެވެ. އަދި މިހާރު އިތުރު ވަސީލަތްތަކާއެކު މަސައްކަތުގެ ސްޕީޑް އަވަސްވާނެކަަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ތަހުގީގު ނިމޭނެ ތާރީހެއް ބުނުމަށް އަސްއަދު ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ.

ގެއްލިފައިވަނީ 77 މިލިއަން ޑޮލަރަކާއި ފައިސާކޮޅެއް ކަމަށް އާންމުންނަށް ހީވެފައި އޮތަސް އަދި މިއީ ނިމިފައި އޮތް ކަމެއްކަމަށް ހީވެފައި އޮތަސް، މިކަމުގެ މުއާމަލާތްތައް މިހާރުވެސް ކުރިއަށްދާކަމަށް އަސްއަދު ވިދާޅުވިއެވެ. އެގޮތުން މިފައިސާތަކުގެ އިތުރުން 37 ރަށަކާއި 12 ފަޅެއް ގާނޫނު އަސާސީއާ ޚިލާފަށް ދޫކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ބައެއް ރަށްތައް ތަރައްގީކޮށް ރިޒޯޓު ހުޅުވާފައިވާއިރު، ބައެއް ރިޒޯޓުތައް ހުޅުވަން ގާތްވެފައިވާކަމަށް ވިދާޅުވިއެވެ.

އަދި މިކަން ގުޅިފައި މިވަނީ ރާއްޖޭގެއެންމެ ބޮޑު އިންޑަސްޓްރީއާ ކަމަށާއި މިރަށްތަކުގެ ތެރެއިން މިހާރު އާންމުންނަށް ވަޒީފާ ލިބި ޓެކްސް ދައްކަމުންދާކަންވެސް އަސްއަދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: