ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލްވާންގެ މައްސަލައިގެ ހެކިތައް އަތުލީ ފުލުހުން: އިމްރާން

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުالله
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ގުޅޭގޮތުން ހޯދި ހެކިތައް، ކުރީ ސަރުކާރުގައި ފުލުހުން އަތުލާފައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭރު އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް މެއި، 2015 ގައި ބޭއްވި ބޮޑު އެއްވުމުގައި އިމްރާން ވަނީ ރިލްވާން ގެއްލުވާލުމުގައި ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ބައިވެރިވުން އޮތްކަމުގެ ހެކި ހުރި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިލްވާންގެ މައްސަލާގައި ހުރި ކަމަށް ބުނާ ހެކިތައް ކޮބައިތޯ ވިދާޅުވެ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް  ސުވާލު ކުރެއްވުން އިމްރާން ވިދާޅުވީ މޭޑޭ  މުޒާހަރާއަށް ފަހު އެރޭ އިމްރާން ހައްޔަރުކޮށް އެ ލިޔުންތައް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި ލިޔެކިޔުންތައް މިހާރު ވީ ތަނެއް އެނގޭނީ ފުލުހުންނަށެވެ. އަދި އޭރުގެ ފުލުހުންގެ ތެރެއިން އެ ގެންދިޔަ ބައެއްގެ އަތުގައި އެ އެއްޗެހި ވާންވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

މޭޑޭ މުޒާހަރާގައި ތި ބޭފުޅުން އަޅުގަނޑު ބަންދުކުރި. އޭރު ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިއަ ބައެއްގެ އަތުގައި ވާންޖެހޭނެ. ދެން އަޅުގަނޑު އަނެއްކާވެސް ޖެހޭނީ ތަހުގީގެއް ފަށަން. އެ ލިޔުންތަކަށް ވީ ގޮތް ބަލަން އިތުރު ތަހުގީގެއް ކުރަން ވަގުތެއް ނެތް” އިމްރާން

ރިލްވާންގެ މައްސަލައިގެ ހެކިތަކާއި ގުޅޭ މައްސަލަ ބެލުމަށް މިއަދު ވަގުތެއް ނެތް ކަމަށް، މިހާރު ހޯމް މިނިސްޓަރު ވިދާޅުވި އިރު، މެއި 1، 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި އިމްރާން ވަނީ އަތުގައި އޮތް ބައެއް ކަރުދާސްތައް ދައްކަވައި އަވާހަރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީއާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައާ ގުޅުވައި ވާހަކަ ދައްކަވައިފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކަންކަމާއި ގުޅޭ އެތައް ތަހުގީގެއް މިހާރު ވެސް ހިނގަމުންދާ ކަމަށާއި އެދުވަހު ގެންގުޅުނު އަތުގައި އޮތް ކަރުދާސްތައް އަތުލި މައްސަލަ ތަހުގީގު ނުކުރެވި އަދި އޮތީ ވެސް އެހެންވެގެން ކަމަށް އިމްރާން ވިދާޅުވިއެވެ.

މޭޑޭގެ މުޒާހަރާގައި އިމްރާން ހަމަނުޖެހުމަށް ހިތްވަރު ދެއްވި ކަމަށް ބުނެ ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް އޭނާ ޖަލަށްލާން ހުކުމްކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: