ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިމުމަކާއި ގާތަށް!

ޝެއާރކޮށްލާ ކަހަލަދޯ؟
ށ. ކޮމަންޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާކަމަށް މަޝްރޫއު ކުރިއަށްގެންދާ ކުންފުނި އެމްޓީސީސީއިން ބުނެފިއެވެ
މީޑިޔާތަކަށް މައުލޫމާތުދެމުން އެމްޓީސީސީއިން ބުނީ މަސައްކަތުގެ 89 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ޕޭވްމަންޓް ސަރަޙައްދުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތުގެ 50 އިންސައްތައާއި އާއި، ޕޭވްމަންޓް ސަރަޙައްދުގައި ކަރބް ލައިން އެޅުމުގެ މަސައްކަތުގެ 79 އިންސައްތަ އާއި ފެންޖަމާކުރާ ޓޭންކް ހެދުމުގެ މަސައްކަތްތަކުގެ 89 އިންސައްތަ ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 14,731 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 35،348 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އަލަށް ހަދާ ބަނދަރުގެ ފަޅުކޮނުމާއި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުން ކުރުމާއި، 190 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 12 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 1،991 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 29.41 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 08 ޑިސެމްބަރ 2019 ގައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: