ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރައީސް ޔާމީން ޖަލުން ގެއަށް ބަދަލު ކުރެވޭނީ އެކަމަށް ރައީސް ޔާމީން މަގުފަހިކޮށް ދެއްވުމުން”

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ހޯމް މިނިސްޓަރ އިންރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީލޯންޑަރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުން ގެއަށް ބަދަލު ކުރެވޭނީ އެކަމަށް ރައީސް ޔާމީން މަގުފަހިކޮށް ދެއްވުމުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގުރާމުގައި އާންމު ރައްޔިތަކު ފޮނުވި ސުވާލަކަށް ޖަވާބް ދެއްވަމުންނެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ނައިގެ ރައީސް އަހުމަދު އަދީބް ގެއަށް ބަދަލުކޮށްފައިވާއިރު ރައީސް ޔާމީން ޖަލުގައި ބެހެއްޓެވުމަކީ އިންސާފެއް ކަމަށް ގަބޫލު ކުރައްވަންތޯ ކުރެއްވި ސުވާލަށް ޖަވާބް ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސް ޔާމީން ޖަލުން ގެއަށް ބަދަލު ކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ އިޖުރާޢަތުތައް ފުރިހަމަ ކުރުމަށްޓަކައި ރައީސް ޔާމީންގެ އެއްބާރު ލެއްވުން ބޭނުންފުޅުވާ ކަމަށެވެ.

އެގޮތުން މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖެއިން ހެދެން ނެތް ޓެސްޓެއް ރައީސް ޔާމީން ހައްދަވަން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށާއި އަދި ރައީސް ޔާމީން “ސްޓްރެސް ފްރީ” މާހައުލަކަށް ބަދަލު ކުރުމަށް ވެސް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ރާއްޖެއިން ބޭރުން ހަދަން ޖެހޭ ޓެސްޓްތަކެއް ހުރުމުން އެމަނިކުފާން ރައީސް ޔާމީންއާއި ބައްދަލު ކުރައްވައި ޓެސްތްތައް ހެއްދެވުމަށް މި ސަރަހަްދުން ރައީސް ޔާމީން ބޭނުންފުޅުްވާ ގައުމަކަށް ވަޑައިގަތުމަށް ދެންނެވި ކަމަށާއި ނަމަވެސް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން “ސްޓްރެސް ފްރީ” މާހައުލަކަށް ބަދަލު ކުރެވޭނީ ރާއްޖެއިން ބޭރުން ހަދަން ޖެހޭ ޓެސްޓް ހެއްދެވުމުށް ފަހު ދެން ޑޮކްޓަރުން ދެއްވާ ލަފަޔަކަށް ބެއްލެވުމަށް ފަހު ކަމަށާއި އެގޮތުން ޓެސްޓަށް ފަހު ވެސް ރައީސް ޔާމީން ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާ ދެއްވައިފިނަމަ އެކަން އެގޮތަށް ކުރައްވާނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ކުރީގެ ނައިބް ރައީސް އަދީބް ވެސް ޖަލުން ގެއަށް ބަދަލު ކުރެވުނީ ރާއްޖެއިން ބޭރުން ހަދަން ޖެހޭ ޓެސްޓް ހެދުމަށް ފަު ޑޮކްޓަރުން އަދީބް ގެއަށް ބަދަލު ކުރެއްވުމަށް ލަފާ ދެއްވުން ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީން ސްޓްރެސް ފްރީ މާހައުލަކަށް ބަދަލު ކުރެއްވުމުގެ ކުރިން ރާއްޖެއިން ބޭރުން ރައީސް ހައްދަވަން ޖެހޭ ޓެސްޓްތަކެއް ހެއްދެވުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށާއި އެހެން ކަމުން ފުރަތަމަ އިޖުރާޢަތު ރައީސް ޔާމީން ފުރިހަމަ ކުރެއްވުމުން ދެވަނަ އިޖުރާޢަތު ވެސް ފުރިހަމަ ކުރެވޭނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން ޖަލުގައި ރައީސް ޔާމީން ހުންނެވި މާހައުލާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވި ނަަމަވެސް ހަގީގަތުގައި ރައީސް ޔާމީން ހުންނެވީ ކުޑަ އެޕާޓްމެންޓެއް ފަދަ ތަނެއްގައި ކަމަށެވެ. އަދި ޖަލުގައި ރައީސް ޔާމީން ހުންނެވިތަނަށް ވުރެ ވަކި ރަނގަޅު އިތުރުތަނެއް ޖަލުގައި ނުހުންނާނެ ކަމަށާއި ރައީސް ޔާމީން ހުންނެވި ތަނަކީ ހޫނު ފެނުން ވެސް ފެންވެރޭ ފަދަ ފުރިހަމަ ތަނެއް ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް އެމަނިކުފާން ހުންނެވީ ރައްކާތެރި މާހައުލެއްގައި ހެޔޮ ހާލު ކޮލުގައި ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: