ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެންއައިސީގެ ކުރީގެ ރައީސް މާނިއުއަށް ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިންޓަގްރީ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދަށް އިލެކްޝަންސް ކޮމިޝަނުން ދެއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ”ނޭޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް“ ގެ ނަމުގައި އެ ޕާޓީ އުފެއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ. ސިޔަސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މާނިއުއަށް ދެއްވި ކަމުގެ ލިޔުން އޭނާ އާއި ހަވާލުކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީކޮށްފައި އޮތީ 10 ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ޑީއާރުޕީ އާއި އެމްޑީއޭ އާއި އެމްޓީޑީގެ އިތުރުން ޕީއެންސީ އާއި އެމްއެލްއެސްޑީޕީގެ އިތުރުން އެމްއާރްއެމް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: