ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ދާއިރާ އިސްލާހުކުރާނެ ކަމަށް ބުނެ އެމްޑީޕީން ދެއްކި ވާހަކަތުގައި އިހްލާސްތެރިކަމެއް ނެތް: އިދިިކޮޅު

އިދިކޮޅުން ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ދާއިރާ އިސްލާހުކުރާނެ ކަމަށް ބުނެ އެމްޑީޕީން ދެއްކި ވާހަކަތުގައި އިހްލާސްތެރިކަމެއް ނެތް ކަމަށް އިދިިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން މިހެން ބުނީ ޖުޑީޝަން ސާވިސް ކޮމިޝަން(ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް ހުށައެޅި އިޞްލާޙުގެ ބިލު މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ. މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު ހުށަހެޅި އެ އިސްލާހު ބަލައިގަތުމަށް މިއަދު ވޯޓަށް އެހުމުން އެއްކޮޅަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ. އަދި ދެކޮޅަށް 50 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

އެކަމާ ގުޅިގެން އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ބިލުގެ ބަހުސްގައި ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ އެއްވެސް މެންބަރަކު ބައިވެރިވެފައި ނުވާ ކަމަށާއި އަދި އެމްޑީޕީގެ މެންބަރުންވަނީ ޕީޕީއެމްއާއި ޕީއެންސީން މިބިލަށް ވާހަކަ ދެއްކެވި މެންބަރުންނަށް ހުރަސްއަޅާފައި ކަމަށެވެ.

ޖޭ.އެސް.ސީ އިޞްލާޙު ކުރުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދެއް ކަމަށާއި އަދި ވެރިކަމާއި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމާ ހަމައަށް އެމްޑީޕީން ތަކުރާރުކޮށް ދައްކަމުންދިޔަ ވާހަކައަކީ ޖޭ.އެސް.ސީ، ސިޔާސީ ނުފޫޒުން މިނިވަންކުރުމުގެ ވާހަކައާއި އެމްޑީޕީގެ ވެރިކަމެއްގައި އެކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރާނެ ވާހަކަ ކަމަށް އިދިކޮޅުން ބުނެއެވެ.

“ނަމަވެސް މިސަރުކާރަށް ހުރިހާ ބާރެއް ލިބުމުން، މިއަދު އިދިކޮޅު ކޯލިޝަނުން ޖޭ.އެސް.ސީ އިޞްލާޙު ކުރުމަށް ހުށައެޅި ބިލު ބޭރުކޮށްލުމަކީ، ޝަރުޢީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމުގެ ނަމުގައި އެމް.ޑީ.ޕީން ދައްކަމުންދިޔަ ވާހަކަތަކަކީ އެއްވެސް އިޚްލާޞްތެރި ނިޔަތެއް ނެތި ދައްކަމުންދިޔަ ވާހަކަތަކެއްކަން ހާމަވާ ކަމެކެވެ. އަދި އެމްޑީޕީއާއި މިސަރުކާރުގެ ނުފޫޒު ޝަރުޢީ ނިޒާމަށް އިންތިހާއަށް އޮތްކަމާއި ސިޔާސީ ނުފޫޒުން ޝަރުޢީ ނިޒާމު މިނިވަންކުރަން ބޭނުންނުވާކަން ދިވެހި ލޮބިވެތި ރައްޔިތުންނަށް އިތުރަށް ހާމަވެގެން ދިޔަ ކަމެކެވެ” އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގައި ޖޭއެސްސީގެ ބާރުތައް ބަޔާން ކުރެވިފައިވީ ނަމަވެސް ސަރުކާރުން އެ ބާރުތައް މަސްހުނިކޮށް، ޖޭ.އެސް.ސީ މެދުވެރިކޮށް ރާއްޖޭގެ ޝަރުޢީ ނިޒާމް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައި، ފަނޑިޔާރުންނަށް އިންޞާފުވެރި ޙުކުމެއް ނުކުރެވޭ މިންވަރަށް ޝަރުޢީ ނިޒާމް ޕެރެލައިޒްކޮށްލާފައި ކަމަށް އިދިކޮޅުން ބުނެއެވެ.

“ރައްޔިތުންނަށް ވަޢުދު ވެފައިވާގޮތަށް، ޝަރުޢީ ދާއިރާ މިނިވަންކުރުމަށާއި ނުފޫޒުން އެއްކިބާވެފައިވާ ޝަރުޢީ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ޖޭ.އެސް.ސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގޮވާލަމެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އިޚްލާޞްތެރިކަމާއެކު ފުއްދުމަށް ގޮވާލަމެވެ” އެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތެދެެއް ކަމަށް ބަލައިގަނެވޭނެ ޖާގަ މި ސަރުކާރުން ދަނީ ފާޅު ކަންބޮޑު ގޮތެއްގައި ދައްކަމުން. ކުށެއްނެތް ނިކަމެތިން އެއްޗެކޭ މީއްޗެކޭ ކިޔާ އޭ.ސީ.ސީ އަށް ޙާޒިރުކޮށް ބަޔާންނަގާ ކަނޑައެޅިގެން ޤާނޫނާއި ޤަވާއިދުގެ ބޭރުން ޕީޖީ އޮފީހުން ދައުވާ ކޮށް މި މީހުންގެ ޝަރީއަތްތަށް ދިގު ދަންމާ އަނިޔާ ކުރަމުންދާ ކަމީ ބަލާލި ކޮންމެ ދިމާލަކުން ފެންނަންހުރި މަންޒަރުތައް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: