ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރި މައްސަލަ ހައިކޯޓަށް

ހަނިމާދޫއަށް ޖެއްސި އިންޑިއާގެ އަސްކަރީ މަތިންދާބޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޑިފެންސް މިނިސްޓްރީން ހާމަ ނުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅާނެކަމަށް ދިޔަރެސް ނޫހުން ބުނެފިއެވެ.

ދިޔަރެސް ނޫހުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އެމީހުންނަށް ކުރާ ހަރަދު ތަފްސީލު ހޯދުމަށް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅާފައެވެ.

ނަމަވެސް ޑިފެންސް މިނިސްޓްރީން ވަނީ ރާއްޖޭގެ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތެއް ކަމަށް ބުނެ މައުލޫމާތު އެނޫހަށް ނުދީފައެވެ.

މި މައްސަލަ އިންފޮމޭޝަން ކަމިޝްނާސް އޮފީސް( އައިކޮމް) އަށް ހުށަހެޅުމުން އެއޮފީހުން ވަނީ ޑިފެންސް މިނިސްޓްރީ ވާހަކަތައަށް ތާއީދުކޮށްށ އެމައުލޫމާތު ދޭން ނުޖެހޭނެކަމަށް ނިންމާފައެވެ.

ދިޔަރެސް ނޫހުގެ ފަރާތުން އަހުމަދު އަޒާން މަރުޒޫގު ވަނީ މައުލޫމާތު ނުދިން މައްސަލަ ހައިކޯޓަށް ހުށަހަޅާނެކަމަށް ބުނެފައެެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން އެދޭ ފަރާތައް ހައި ކޯޓު އަދި އޭގެ ފަހުން މައްސަލަ ސުޕްރީމު ކޯޓަށް ހުށަހެޅޭނެ ފުރުސަތު ލިބެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: