ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމްދީނާއި ރަސޫލާއާ ދެކޮޅަށް ދައްކާ ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނާއި ކީރިތި ރަސޫލާ صلى الله عليه وسلم އާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނާއި ކީރިތި ރަސޫލާ އާއި ދެކޮޅަށް އެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމަށެވެ.

ކީރިތި ރަސޫލާއާ ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަކީ ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއަށް ފެތޭ ކަމެއް ނޫން ކަމަށާއި ރާއްޖެ ދެމިއޮންނާނީ ޚިޔާލު ފާޅުކުރުމުގެ ޙައްޤުތައް ކަށަވަރުކޮށްދީ، އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގައި ކަމަށް ބަޔާނުގައި ވެއެވެ.

“ހުރިހާ ވައްތަރެއްގެ ހައްދުފަހަނައަޅައި ދިއުމަކާއި ދިވެހި ސަރުކާރުން އަބަދުވެސް ދެކޮޅު ހަދަމެވެ.” ބަޔާނުގައި ވެއެވެ.

އިންސާނީ ޙައްޤުތަކުގެ ބޭނުން އެންމެންނަށް ވެސް ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ދިނުމަށް ވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: