ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯކޮށް ވާރޭވެހި މާލޭގައި ފެން ބޮޑުވެއްޖެ

މީގެ ކުރިން މާލެއަށް ކުރި ވިއްސާރައެއްގެ ތެރެއިން --- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ ބޮޑު ބައެއްގައި ފެން ބޮޑުވެއްޖެ އެވެ.

މިއަދު 11:00 ޖަހާ އެހާކަންހާއިރު ބޯކޮށް ވެހެން ފެށިގެން ވާރޭ ތުނި ކޮށްލީ މެންދުރު 12:00 ޖަހާއިރުއެވެ. މި ވަގުތުކޮޅުގެ ތެރޭގައި މާލޭގައި ފެންބޮޑުވާ އަމީނީ މަގާއި، އަދި ބައެއް އެހެން ގިނަ މަގުތަކުގައިވެސްވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެފައެވެ.

މިކަމާއި ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނީ ވިއްސާރައާ ގުޅިގެން އެއްވެސް ގެއަކަށް ގެއްލުންވެގެން މިހާތަނަށް ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުންވެސް ބުނީ މާލޭގެ ފެންހިންދާ ސްޓޯމް ވޯޓަ ނިޒާމު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން އެމްއެންޑީއެފުންވެސް މިހާރު ދަނީ މާލޭގެ ފެންބޮޑުވި އެކި ސަރަޙައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މޫސުން ގޯސްވެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: