ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން 24 މީހަކު ކޮވިޑް-19 އަށް ޕިޒްޓިވް ވެއްޖެއެވެ.
މިއަދު ކޮވިޑް-19 އަށް ޕޮޒްޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒްޓިވްވެފައި ވަނީ 22 މީހުންނެވެ. މާލެ ފިޔަވައި އެހެން ރަށްތަކުން މިއަދު ޕޮޒްޓިވްވީ ދެމީހުންނެވެ.
މިއަދު ޕޮޒްޓިވްވީ 20 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
މިއާއެކު ރާއްޖެ އިން ޕޮޒްޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 11591 އަށް އަރާފައެވެ.

