ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށު ފަރުތުވެރިކަމަށް ހާއްސަ އައިލެންޑް.އެމްވީ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްރަށާބެހޭ ހުރިހާ މަޢުލޫމާތު އެއްތަނަކުން ލިބޭ ވެބްޕޯޓަލް، އައިލެންޑްސް ޑޮޓް އެމްވީ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީއިން ގުޅިގެން މަސައްކަތް ކުރި މަސައްކަތެކެވެ.

މި ވެބްޕޯޓަލް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް އާއި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލްއެވެ.

އައިލެންޑްސް ޑޮޓް އެމްވީ އަކީ ރަށު ފަތުރުވެރިކަމާއިބެހޭ ކަންކަން ބެލެހެއްޓުމާއި އެތަނުން ލިބެން ހުންނަ ހިދުމަތްތަކާއި ރަށްރަށަށް ދަތުރުކުރެވޭނެ ގޮތުގެ މައުލޫމާތު ލިބެންހުންނަ ޕޯޓަލެކެވެ. އެޕޯޓަލްގެ ދަށުން ކޮންމެ ރަށަކަށްވެސް ހާއްސަ ވެބްސައިޓެއް ހުރެއެވެ.

އައިލެންޑްސް ޑޮޓް އެމްވީ ޓޫރިޒަމް މިނިސްޓަރާ ހަވާލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވީ އައިލެންޑްސް ޑޮޓް އެމްވީ ޓޫރިޒަމް މިނިސްޓްރީ އާއި ހަވާލުކުރެވިގެން ދިޔުމުން ރަށްރަށުގެ ގެސްޓްހައުސްތަކަށް އިތުރު ކުރިއެރުންތައް ލިބި، ރާއްޖޭގެ ފަތުރުވެރިކަން މުޅިން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި ވަނީ ބޭނުންވާ މައުލޫމާތު ރަށްރަށުގެ ގެސްޓްހައުސް، ރެސްޓޯރެންޓް އަދި އެފަދަ ޓޫރިޒަމް އާއި ގުޅޭ ދާއިރާތަކުގެ ތަންތަނުން ހޯދުންކަން ފާހަގަކުރައްވާ މަލީހް ވިދާޅުވީ އުއްމީދަކީ އެ ޕްރޮޖެކްޓް އަކީ ކާމިޔާބު ޕްރޮޖެކްޓް އަކަށްވެ، ރާއްޖެއިން ބޭރުގައި ބައިވެރިވާ އެކިއެކި ފެއާތަކުގައި އައިލެންޑްސް ޑޮޓް އެމްވީ ޕްރޮމޯޓްކުރެވި ރާއްޖޭގެ ގެސްޓްހައުސްތަކާއި، އަތޮޅުތަކުގައި ހުރި ރެސްޓޯރަންޓުތައް އަދި އެހެނިހެން ޓޫރިޒަމް އާއި ގުޅުންހުރި ވިޔަފާރިތަަކަށް އެ ޕޯޓަލްގެ އެހީގައި ބޮޑު މަންފާއެއް ލިބުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: