ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މީހަކު ހައްޔަރުކޮށްފި

ޖިންސީ ގޯނާއާއި ދެކޮޅަށް ވީއޯސީއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ  އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ ގޯނާކުރި މައްސަލައެއް ހުށައަޅާފައިވާކަމަށެވެ.

އަދި މި މައްސަލަ ހުށައަޅާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ރޭ ކޯޓް އަމުރެއްގެ ދަށުން 49 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުންދާނެ ކަމަށެވެ.

އަދި ކުއްޖާގެ ވަނަވަރު ރައްކާ ކުރުމުގެ ގޮތުން އެ ކުއްޖާ ނިސްބަތްވާ ރަށް އަދި އަތޮޅު ހާމަނުކުރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: