އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އިތުރު ތިން ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ނަން އަނބުރާ ގެންދިޔުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 49 ކެނޑިޑޭޓަކު ނަން ނަގާފައިވާކަމަށެވެ. މިހާތަނަށް ޕާޓީތަކުން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެ ޕާޓީގެ 16 ކެންޑިޑޭޓަކު، ޕީޕީއެމުން ކުރިމަތިލި7 ކެންޑިޑޭޓަކު އަދި ޖޭޕީގެ ހަ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި 20 ކެންޑިޑޭޓަކު ވެސް، ވަނީ ނަން ނަގާފައެވެ.
މިއަދު ނަން އަނބުރާ ގެންދިޔަ 3 ކެންޑިޑޭޓުން
- ރ.މަޑުއްވަރީ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮޑިއަށް ކުރިމަތިލެއްވި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އިލްހާމާ ޢީސާ، މީނާޒު / ރ.މަޑުއްވަރި
- ހދ.ހިރިމަރަދޫ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮޑިއަށް ކުރިމަތިލެއްވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓް، މަރްޔަމް ޘަމްރާ، މަބުސްތާނުގެ / ހދ.ހިރިމަރަދޫ
- ދ.ހުޅުދެލީ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮޑިއަށް ކުރިމަތިލެއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ޢާއިޝަތު ނާފިޡާ، ގުލޭނޫރަންމާގެ / ދ.ހުޅުދެލި
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ޖުމްލަ 2434 މީހުންވަނީ ކުރިމަތިލާފައެވެ.

