ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޫނިދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމާއި، ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރާ އެމްޓީސީސީން ބުނީ ދޫނިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 10 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުނުގެ މަސައްކަތުގެ 39 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީ އިން ބުނެއެވެ.

51.4 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން 4.61 ހެކްޓަރުގެ ސަރަހައްދަކުން ވެލިނަގައި 3.75 ހެކްޓަރުގެ ސަރަހައްދު ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން 167، 193 އަދި 9.5 މީޓަރުގެ ކަނޑުތޮށީގެ ތިންބައި ހަދައި 620 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: