ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުމާރީ ބާރުތަކަށް ބޯލެނބުމަށް ވުރެ ވަކިން ބޮޑު އަޅުވެތިކަމެއް ނެތް: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ ހަނދާނަށް ގެނެސްދެނީ އިސްތިއުމާރީ ބާރުތަކަށް ބޯލެނބުމަށް ވުރެ ވަކިން ބޮޑު އަޅުވެތިކަމެއް ނެތްކަން ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހާއި ގުޅުވައި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތެރެއާއި ބޭރުގައި ރާއްޖެ ގައުމެއްގެ ދަރަޖައިން މަހްރޫމް ކުރުމަށް ކުރެވޭ ކޮންމެ ސިޔާސީ މަސައްކަތަކީ ބަލިކަށިވެގެންދާނެ ފިކުރެއް ކަމަށާއި ނަސްރުގެ ދުވަސް މި ހަނދާންތައް އާ ކޮށްދޭ ކަމަށެވެ.

މިއަދަކީ މީގެ 32 އަހަރުކުރިން ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލަން، ދިވެހި ޚާއިނުންގެ މަދުބަޔަކާއި، ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކު ދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ސިފައިން ދިވެހި ޤައުމަށް ނަސްރު ހޯދައިދިން މިހާދިސާއަށް 32 އަހަރު ފުރޭ ދުވަހެވެ.

ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭކަލަކު ޝަހީދުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: