ޚިޔާލުފާޅުކުރުމުގައި ދީނާއި ޚިލާފު އެމްޑީއެންގެ ވާހަކަ ތަކަށް ސަރުކާރުން ދަނީ ފާޅުގައި ފުރުސަތު ދެމުން ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަން ދިވެހި ސަރުކާރުން އެންމެ މަތީ ދަރަޖައަށް ކަށަވަރުކޮށްދޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
އެގޮތުން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވަނީ އިސްލާމީ ޚުދޫދުގެ ތެރެއިން ޤާނޫނު އަސާސީއާއި ޚިލާފުނުވާ މިންގަނޑެއްގެ ތެރޭގައި ކުރުމަށްކަމަށެވެ.
”ދެން ހުރީ ހުސް ’ހަރުކަށި‘ ފިކުރާއި ސަރުކާރާ ދެކޮޅު ވާހަކަ. ބާކީ އެއްވެސް ކަމެއް ވާނަނަމަ އެޗްޕީއޭ އާއި މައިމޫނާގެ އަތްޕުޅުގައި.“ ސައީދު ވިދާޅުވިއެވެ.
Hiyaalufaalhukurumugai dheenaai khilaafu MDN ge vaahaka thakah sarukaaru dhanee faalhugai furusathu dhemun. Dhen huree hus “harukashi” fikuraai, sarukaaraai dhekolhu vaahaka. Baakee evves kameh vaanama HPA aai Maimoonaage aiypulhuga @ShimranAb . https://t.co/zHOT7Dam6C pic.twitter.com/kGZVDbkSF7
— Mohamed Saeed (@em_saeed) November 5, 2020
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމަށް ފާޑުވިދާޅުވެ އަޑު އުފުލުމުން އެއީ ހަރުކަށި ޖަމާއްތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ދީނީ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތަކުން ގައުމުތައް ހިފުމުގެ ކުރިން އަބަދުވެސް މަސައްކަތް ކުރާނީ ބައިނަލްއަގްވާމީ ގޮތުން އެ ގައުމެއް އެކަހެރި ކުރަން ކަމަށެވެ.

