އިންޑިއާގެ އެހީގައި ރާއްޖޭގެ އިތުރު 10 ރަށެއްގައި ޕާކު އެޅުމަށް ނިންމައިފިއެވެ.
މިކަން އިއުލާން ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައެވެ.
ޕާކް އަޅަން ނިންމާފައިވާ ރަށްތަކަކީ ހއ.ބާރަށް، ފ.ބިލެތްދޫ، ދ.ހުޅުދެލި، ދ.ބަނޑިދޫ، ދ.މާއެނބޫދޫ، ތ.މަޑިފުށި، ތ.ކިނބިދޫ، ތ.އޮމަދޫ، ތ.ދިޔަމިގިލި އަދި ފުވައްމުލަކު ސިޓީގައެވެ.
މީގެކުރިންވެސް ބައެއް ރަށްތަކުގައި ޕާކުތައް އެޅުމަށް ކުންފުނިތަކަށް ހަވާލުކޮށްފައިވެއެވެ.

