ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން މަރުވި ކަނޑިންމަ މުވައްޒަފުގެ މަރުގެ މައްސަލަ ފުލުހަށް!

ޑރ.ނަޒްލާ ރަފީޤް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑިންމަ ރިސޯޓުން ކޮވިޑް-19 ޖެހިގެން މަރުވި މުވައްޒަފުގެ މައްސަލަ ތަހުގީގު ކުރަން އެޗްޕީއޭ އިން ފުލުހަށް ހުށަހަޅައިފިއެވެ.

ކަނޑިންމަ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފަކު ނިޔާވެފައި ވަނީ މިދިޔަ މަހު 30 ވަނަ ދުވަހެވެ. އުމުރުން 60 އަހަރުގެ އާދަމް ނަސީރު ނަމަކަށް ކިޔާ އެ މީހާ ނިޔާވެފައި ވަނީ ދ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އެޗްއީއޯސީން ބުނީ އެ މައްސަލަ ތަހުގީގު ކުރަން އެޗްޕީއޭގެ ޓީމެއް ދ. އަތޮޅަށް ދިޔަ ކަމަށާއި އެ ތަހުގީގަށްފަހު އެ ޓީމު މިއަދު އެނބުރި މާލެ އައިސްފައިވާ ކަމަށެވެ. އަދި އެ ތަހުގީގަށްފަހު އެކުލަވާލި ރިޕޯޓު ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަރުވާފައިވާ ކަމަށެވެ.

އެގޮތުން އެ ރިޕޯޓުގައި ހުރި ކަންކަން ބެލުމަށްފަހު ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

މަރުވި މީހާ ކޮވިޑް ޓެސްޓު ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓުން މިހާރު އަންނަނީ ސާމްޕަލްތައް ނަގަމުންނެވެ. އެގޮތުން މިހާތަނަށް އެ ރިސޯޓުން ވަނީ 50 މީހަކު ޕޮޒިޓިވްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: