ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަބަންދު ކަރަންޓީން ހުއްޓާލަން އަދި ނުނިންމާ: ޑރ. ނަޒްލާ

ޑރ.ނަޒްލާ ރަފީޤް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރަބަންދު ކަަރަންޓީން ހުއްޓާލުމަށް މިހާތަނަށް އެއްވެސް ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއިއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤް ވިދާޅުވީ ރަށަށް ގޮސް ހަމަކުރަންޖެހޭ 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު އުވާލުމަށް ނިންމާނީ ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މިންވަރާއި އެއް ކޭސް އަނެއް ކޭސްއާއި ގުޅުން ނެތް ކޭސްތައް ފެންނަމުން އަންނަ ނިސްބަތަށް ބެލުމަށްފަހު އެއީ ރައްކާތެރި ގޮތެއްކަމަށް ފެންނަ ކަމުގައިވާނަމަ ކަމަށެވެ.

”އަދި އެ ގޮތަކަށް ނުނިމޭ. ނިމުނީމަ އަޅުގަނޑުމެން އެކަން އިއުލާނު ކުރާނަން. ވަކި ދުވަހެއްގައި ކަރަންޓީންވުން ނިމުމަކަށް ގެންނަން ނިންމައިފިނަމަ އެކަން އާންމު ކުރާނެ،“

ޑރ. ނަޒްލާ ވަނީ މިހާރު ކުރިއަށްގެންދާ ސީރޯ ޕްރިވެލަންސް ސަވޭއަށް އެއްބާރުލުން ދިނުމަށް ޢާއްމުންގެ ކިބައިން އަނެއްކާވެސް އެދިވަޑައިގަންނަވާފައެވެ. އެގޮތުން ރާއްޖޭގައި ކޮވިޑް-19ގެ ޙާލަތު އޮތް ގޮތް ދެނެގަތުމަށް މިސާވޭގެ ދައުރު ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

މި ހިނގާ ނޮވެންބަރު 15 އިން ފެށިގެން ފުރަބަންދު ކަރަންޓީން އުވާލުމަށް ނިންމާފައިވާ ކަމަށް ބުނެ ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: