މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ކޮވިޑަށް 39 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 32 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް ހަތް މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 20 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 19 ބިދޭސީންނެވެ. މިއާއެކު މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 11,932 އެވެ.
ކޮވިޑްގައި 39 މީހަކު ވަނީ މަރުވެފަ އެވެ.

