ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ވިދާޅުވަނީ ފިޗްގެ ވާހަކަ އަޑު އަހަންވާނެ ކަމަށް!

ކުރީގެރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރެޑިޓް ރޭޓިން ކުންފުނި، ފިޗުން ރާއްޖެ އަށް ދިން ކްރެޑިޓް ރޭޓް ގަބޫލު ނުކުރާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވަނިކޮށް، އެވާހަކަތައް އަޑު އަހަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން “ބީ” އިން “ސީސީސީ” އަށް ދަށްކޮށްފަ އެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ.

ފިޗުން އެގޮތަށް އަންދާޒާ ކުރުމުން ފިނޭންސް މިނިސްޓްރީން ނެރުބަޔާނެއްގައި ބުނެފައިވަނީ ފަހުގެ ޕޮލިސީތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ބާރުމިނުގައި ކުރިއަރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭން ދައްކަން ޖެހޭ ދަރަނި ބަރާބަރަށް ދައްކަމުން އަންނަ ކަމަށެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކްރެޑިޓް ރޭޓިން ކުންފުނި، ފިޗް ފަދަ ބައިނަލްއަގްވާމީ އިންޑިކޭޓަރުން ދޭ ރޭޓުގެ އަޑު އަހަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޭރު ފަރާތްތަކަށް ދައްކަން ޖެހޭ ލޯނުތައް ރީސްޓްރަކްޗާ ކޮށްފިނަމަ ގައުމު ދަރަނި ނުވާނެ ކަމަށެވެ.

ދަތުރުފަތުރާއި ޓޫރިޒަމް ރަނގަޅުވަމުން އަންނައިރު، ޗައިނާގެ ކޮމާޝަލް މާލީ އިދާރާތަކުން ރާއްޖެއަށް ދީފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރެވިއްޖެނަމަ ދަރަނި ޑިފޯލްޓަކަށް ނުދާނެކަމުގެ އުއްމީދު ބޮޑު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުން 2004 ވަނަ އަހަރުގެ ސުނާމީ އާއި 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްގައި ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެ ކަމަށް ފިޗުން އަންދާޒާ ކޮށްފައިވެއެވެ.

އެގޮތުން ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓް ދަށްވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާ ކޮށްފަ އެވެ.

ފިޗްގެ ރިޕޯޓުގައި ގިނަ ކަންތަކެއް ފާހަގަކޮށްފައިވާއިރު، ސަރުކާރުގެ ދަރަންޏާއި ގުޅޭގޮތުން އެ އިދާރާއިން ބުނެފައިވަނީ ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 110.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 21.7 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޗްއިން ވަނީ ބުނެފައެވެ. ފިޗްއިން ވަނީ މިއަހަރުގެ ހަތަރުވަނަ ކުއާޓަރުން 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާއި ހަމައަށް ދައުލަތުން ދައްކަންޖެހޭ 494 މިލިއަން ޑޮލަރުގެ ދަރަނި އެބައޮތްކަން ފާހަގަކޮށްފައެވެ. އަދި އޭގެ ތެރެއިން 142 މިލިއަން ޑޮލަރު 2021 ވަނަ އަހަރާއި ހަމައަށް ދައްކަން ޖެހޭ ކަމަށް ފިޗުން ފާހަގަކުރި އެވެ. ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތައް ބޮޑުކަން ފާހަގަކޮށް ފިޗްއިން ބުނެފައިވަނީ 2022 ވަނަ އަހަރާއި ހަމައަށް 568 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އަދި އޭގެ ތެރެއިން 277 ޑޮލަރު ދައްކަން ޖެހެނީ އަންނަ އަހަރުގެ ނިޔަލަށެވެ.

ރާއްޖެ އަށް ފުރަތަމަ ކްރެޑިޓް ރޭޓިން ދީފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިން 2016 ވަނަ އަހަރު އެވެ. މޫޑީސްއިން އެ އަހަރު ރާއްޖެ އަށް ދީފައި ވަނީ “ބީ 2” ރޭޓިން އެކެވެ. އަދި އެއީ ފިޗްގެ “ބީ ޕްލަސް” ރޭޓިންއާ ގާތްގަނޑަކަށް އެއް ވަރެއްގެ ރޭޓިން އެކެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: