ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރާ އިން ރެންޑޮމް ސާމްޕަލް ނަގަން ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ހުރާއިން ރެންޑޮމް ސާމްޕަލް މިއަދު ނެގުމަށް ނިންމައިފިއެވެ.

ހުރާއިން ރެންޑަމް ސާމްޕަލް ނެގުމައްއ ނިންމާފައިވަނީ އެރަށުންނ ފަތުރުވެރިއައކު ކޮވިޑްޑ 19 އަށްށ ޕިޒްޓިވްވުމާއި ގުޅިގެނެވެ.

ހުރާގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރަޝިޔާ އަށް ނިސްބަތްވާ މިފަތުރުވެރިޔާ ކޮވިޑަށް ޕޮޒިޓިވްވުމުން އައިސޮލޭޓް ކުރެވިފައިވާ ކަމަށެވެ.

މިއައިސޮލޭޝަން ފެސިލިޓީއަކީ އެފަތުރުވެރިޔާ ހުރި ގެސްޓް ހައުސްގައި ބާކީ ތިބި ގެސްޓުންނާއި މުވައްޒަފުން އެކަހެރިކޮށް ހުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ފެސިލިޓީއެއް ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން ޕޮޒިޓިވްވި ފަތުރުވެރިޔާ އާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތައް މިހާރު ކަރަންޓީނު ކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ.

އަދި ރަށު ތެރެއިން ރެންޑޮމް ސާމްޕަލްތަކެއް ނެގުމަށް ހުރާ ސިއްހީ މަރުކަޒާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެގޮތުން ސާމްޕަލްތައް ނަގާނީ ރަށުގެ ގެސްޓް ހައުސްތަކުންނާއި، ރެސްޓޯރެންޓްތަކާއި ފިހާރަތައް އަދި އާންމު ޚިދުމަތްދޭ ތަންތަނުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: