ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ނާގާބިލް ސަރުކާރެއް ކަން ދިވެހިން ވަޒަންކޮފި: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސަރުކާރަކީ ނާގާބިލް ސަރުކާރެއް ކަމުގައި ދުނިޔެ އާއި ރާއްޖެއިން ވެސް ވަޒަން ކުރަން ފަށާފައިވާ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ނާގާބިލް ސަރުކާރެއް ކަން ދިވެހިން ވަޒަންކޮށްފައިވާ ކަމަށެވެ. ފިޗްގެ ކްރެޑިޓް ރޭޓިންއަށް އިޝާރާާތް ކުރައްވާ ވިދާޅުވީ ދެން އޮތީ ދުނިޔެއިން މި ކަން ވަޒަން ކުރުން ކަމަށާއި އެ ކަން ދުނިޔެއިން ވެސް ކުރަން ފަށައިފި ކަމަށެވެ.

ޝުޖާއު އެގޮތަށް ވިދާޅުވީ، ބައިނަލްއަގްވާމީ އިންޑިކޭޓަރެއް ކަމުގައިވާ ފިޗް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން “ބީ” އިން “ސީސީސީ” އަށް ދަށްކޮށްފައިވަނިކޮށް އެ ކަން ފާހަގަކުރައްވަމުންނެވެ.

ފިޗްގެ ރޭޓިން ގަބޫލު ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއްޔެ ހާމަކޮށްފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ ފަހުގެ ސިޔާސަތުތަކުގެ ސަބަބުން ޓޫރިޒަމް ރަނގަޅުވެ އިގްތިސާދު ކުރިއަރާނެއެވެ. އަދި މިހާރު ވެސް ސަރުކާރުން ދަނީ ދަރަނި ދައްކަމުން ކަމަށް ފިނޭންސުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: