ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގެ ކުރިން އީސީ ބަދަލުކުރާނަން: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން(އީސީ) ގެ މެމްބަރުން ބަދަލު ކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބު ބައްދަލުކުރާއިރު މިހާރު އޮތް އީސީގައި ތިއްބެވި މެމްބަރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް ކަމަށާއި ތަފާތުކުރުން އިންތިހާއަށް އެތަނުގައި އެބައޮތް ކަމަށެވެ.

“އެމްޑީޕީއަށް ކެމްޕެއިން ކުރެވޭ. އިދިކޮޅު ރަށު ބަންދުގައި. ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އީސީ ބަދަލުކުރާނަން. އިންޝާﷲ” ޝުޖާއު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން ބާއްވަމުން އަންނަ އެއްވުންތަކުގައި ގައިޑްލައިންތަކަށް އަމަލުނުކޮށްގެން އެ ކޯލިޝަންގެ ލީޑާޝިޕްގެ އިސް ބޭފުޅުންތަކެއް ދާދިފަހުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: