ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާމެންދޫގައި ދުއްވާ މަސްދޯންޏެއް ކަރަންޓީނަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ލ. މާމެންދޫގައި ދުއްވާ “ފަހި މަސްދޯނި” ނަމަކަށް ކިޔާ މަސް ދޯންޏެއް ކަރަންޓީނު ކޮށްފިއެވެ.

މާމެންދޫ ކައުންސިލުން ވިދާޅުވި ގޮތުގައި މި ދޯނި ކަރަންޓީނު ކޮށްފައި ވަނީ، އެދޯނީގައި މާލެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ރަށަށް ދަތުރު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށެވެ.

އަދި މިދޯނި ކަރަންޓީނު ކުރެވުމާއެކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ދޯންޏަށް މީހުން އަރާ ފޭބުމާއި, ދޯނީގައި ތިބި މީހުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ފޭބުމަކީ ވެސް މަނާ ކަމެއްކަމައް އެ ކައުންސިލް އިން ވިދާޅުވެއެވެ.

މާމެންދޫ ކައުންސިލް އިން ބުނީ މި ދޯނި ކަރަންޓީނު ކުރުމަށް ނިންމާފައި ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: