ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީގައި މާބަނޑު މީހުން ވިއްސޭނެ ގޮތް ހަދާ ދިނުމަށް އެދިއްޖެ

ސަފާރީތައް ނަގަން މާފުށިން ނެރުނު ނޯޓިސް ބާތިލުކުރަން އެލްޖީއޭއިން އަންގައިފި - ފޮޓޯ: ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އަތޮޅު މާފުށީގައި މާބަނޑު މީހުން ވިއްސޭނެ ނިޒާމެއް ޤާއިމު ކޮށްދީ، އެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެރަށު ކައުންސިލުން ގޮވާލައިފިއެވެ.

މާފުށީ ކައުންސިލުން މިކަމަށް ގޮވާލާފައިމިވަނީ އިއްޔެ މާފުށިން ގެންދިޔަ މާބަނޑު އަންހެނަކު ފ.ނިލަންދޫއަށް އަރުވަން ނިލަންދޫ ކައުންސިލުން ދެކޮޅު ހެދި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައާ ގުޅިގެން މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން އެ އަންހެން މީހާ އެހާ ދިގު ދަތުރެއްކޮށް އެ ރަށަށް ދިޔުމުން ނިލަންދޫ ކައުންސިލުން އެ އަންހެން މީހާ އެ ރަށަށް ނާރުވައި އެފަދަ ގޮތަކަށް ކަންތައް ކުރަން ކެރުމަކީ އެ ފަރާތްތަކުގެ ހިތުގައި އިންސާނިއްޔަތުގެ ޒަރެއްގެ މިންވަރު ވެސް ނެތްކަން ހާމަވާ ކަމެއް ކަމަށެވެ.

އެކަން އެގޮތަށް ހިނގާފައިވާތީ މާފުށި ކައުންސިލުން ވަނީ ކަމާއި ބެހޭ އިދާރާތްތަކުން އެކަން ހިނގާފައިވާ ގޮތް ބަލައި އެކަން ކުރެއްވި ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އެކަމުގެ ސަބަބުން މާފުށީގެ ރައްޔިތުންނަށް ޒަރޫރީ ބޭނުންތަކަށް ދަތުރު ނުކުރެވުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: