ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓުގައި މަސައްކަތްކުރާ 2 ކުންފުންޏެއްގެ 52 މީހަކު ޕޮޒިޓިވްވެފައިވޭ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ 52 ބިދޭސީން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ) އިން ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ މި 52 މުވައްޒަފުންނަކީ އެއާޕޯޓުގައި ކުރިއަށްދާ މަސައްކަތްތަކުގައި ސަބް-ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ދެ ކުންފުންޏެއްގެ މުވައްޒަފުންތަކެއް ކަމަށެވެ.

މި ކޭސް އާއި ގުޅިގެން އެއް ކުންފުންޏެއްގެ 425 މުވައްޒަފުން އަދި އަނެއް ކުންފުނީގެ 225 މުވައްޒަފުން ކަރަންޓީންކޮށްފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ، މި ކޭސް އިތުރަށް ބަލަމުންދާކަމަށާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައްވެސް ކުރިއަށް ދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: