ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން ފަލަސްތީނުގެ އުރައިގާތު އަވަހާރަވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ސުލްހައިގެ މަޝްވަރާތަކުގައި ފަލަސްތީނުގެ ފަރާތުން އެންމެ ވަރުގަދަ އަށް ވަކާލާތު ކުރައްވައި ސާއިބް އުރައިގާތު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު އަވަހާރަވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އުރޭޤާތަށް ކޮވިޑް-19 ޖެހިގެން ފަރުވާ ހޯއްދަވަމުން ގެންދިޔައީ ޔަހޫދީން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ސަރަޙައްދެއްގައި ހުންނަ އިސްރާއިލްގެ ހޮސްޕިޓަލެއްގައެވެ. އެ ހޮސްޕިޓަލަށް އުރޭޤާތު ގެންދެވީ ފަލަސްތީނުގައި ފަރުވާދެއްވުމަށްފަހު ހާލުކޮޅު ދެރަވެވަޑައިގެން ޑޮކްޓަރުންގެ ލަފާފުޅުގެ މަތިން މިދިޔަ މަހުގެ ތެރޭގައެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ޕީއެލްއޯގެ ނެގޯޝިއޭޝަންސް އެފެއާޒް ޑިޕާޓްމެންޓުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެރެޣާތަކީ ކޮވިޑް-19 ގެ ހައި ރިސްކް ބޭފުޅެއް ކަމަށެވެ.

އެއީ އެމަނިކުފާނަކީ ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވާ، އަދި ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ހުންނަ ބޭފުޅަކަށް ވާތީއެވެ.

ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އަދި މިހާރުގެ ރައީސް މަހްމޫދު އައްބާސްގެ ސީނިއާ އެޑްވައިޒަރުކަން ކުރައްވާފައިވާ އުރައިގާތަށް ކޮވިޑް ޖެހިގެން ފަރުވާ ދޭން ފަށާފައި ވަނީ މިދިޔަ މަހުގެ 18 ގަ އެވެ.

އުރައިގާތު ވަނީ 1991 ވަނަ އަހަރުން ފެށިގެން ފަލަސްތީނާއި އިޒްރޭލާ ދެމެދު ބޭއްވި ހުރިހާ މަޝްވަރާތަކެެއްގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އުރައިގާތަކީ ފަލަސްތީން މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެންމެ ވަރުގަދަ އަށް ވަކާލާތު ކުރެއްވި އެއް ބޭފުޅާ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: