ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު މީރާއަށް 390 މިލިއަން ރުފިޔާގެ އާމްދަނީއެއް

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އޮކްޓޯބަރު މަހު އާންމުދަނީގެ ގޮތުގައި 370.57 މިލިއަން ރުފިޔާ މީރާއަށް ލިބިއްޖެއެވެ.

މީރާއިން އާއްމު ކުރި ބަޔާނެއްގައި ބުނީ މިއީ މިދިޔަ 2019 ވަނަ އަހަރު މީރާއަށް ލިބުނު އާމްދަނީއަށް ވުރެ 57.9% ދަށް އަދަދެކެވެ.

މީރާއިން ބުނިގޮތުގައި އޮކްޓޯބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮކްޓޯބަރު 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވުމެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 63.3% ނުވަތަ 247.42 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ %13.4 ނުވަތަ 52.39 މިލިއަން ރުފިޔާއެވެ. .

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: