ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރަންޓްލައިން އެލަވެންސް 2948 ފަރާތަކަށް ދީފި

ރާައްޖޭގައި ކޮވިޑު ބަލި ޖެހޭ މީހުންގެ އަދަދުތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރާ 2948 ފަރާތަކަށް މިހާތަނަށް އެލަވެންސް ދީފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް 2948 ފަރާތަކަށް ޖުމްލަ 33.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގިންތިއަކީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ހައި ރިސްކު ފަރާތްތަކެވެ.

އެ ފަރާތްތަކަށް އެލަވެންްސެއްގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 500 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ދެވަނަ ގިންތިއަކީ ފްރަންޓްލައިނުގައި މަސައްކަތްކުރާ މީޑިއަމް ރިސްކު ފަރާތްތަކެވެ.

އެފަދަ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 250 ރުފިޔާގެ އެލަވެންސެއް ދިނުމަށް ވަނީ ނިންމާފައެވެ.

އަދި ތިންވަނަ ގިންތީގެ ތެރޭގައި ހިމެނެނީ ފްރަންޓްލައިނުގައި މަސައްކަތްކުރާ ލޯ ރިސްކު ފަރާތްތަކެވެ. .

އެ ފަރާތްތަކަށް އެލަވެންްސެއްގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 200 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: