ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

26 ރިސޯޓެއްގައި ކޮވިޑް ޖެހިފައިވާ 139 މީހުން އެބަތިބި

ކުރަމަތި އައިލެންޑް ރިސޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ 26 ރިސޯޓެއްގައި ކޮވިޑް-19 ޖެހިފައިވާ މީހުން މިވަގުތު އެބަތިބި އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ 26 ރިސޯޓެއްގައި ކޮވިޑް ޖެހިފައިވާ 139 މީހުން އެބަތިބި ކަމަށެވެ.

އަދި އޭގެތެރޭގައި ހިމެނެނީ 59 ފަތުރުވެރިންނާއި 80 މުވައްޒަފުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ނަމަވެސް އެއީ ކޮން ރިސޯޓުތަކެއްކަން ހާމަކޮށްފައެއް ނުވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ހަތް ރަށެއްގައި ކޮވިޑްގެ 11 އެކްޓިވް ކޭސް އެބައުޅެއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،154 އަށް އަރާފައެވެ.

މި ބަލިން 11،262 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 49 މީހަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: