ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން މިއަދުވެސް ދިވެއްސަކު މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މިއަދު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ ރާއްޖެއިން ކޮވިޑްގައި މަރުވި 43 ވަނަ މީހާއެވެ. މިއީ މިހަފްތާގެ ތެރޭގައި ކޮވިޑްގައި މަރުވި ތިން ވަނަ މީހާއެވެ.

މިހާތަނަށް ރާއްޖެއިން މަރުވި 43 މީހުންގެ ތެރޭގައި ހިމެނެނީ 35 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް 12،154 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، 843 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި 11،262 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: