ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

04 ރަށެއްގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއަށް

އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި ދެމެދު ޑިޒައިން އެންޑް ބިލްޑް އުސޫލުން ތިން (03) ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމާއި އަދި އެއް (1) ރަށުގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

މި އެއްބަސްވުމުގެ ދަށުން، ގދ. ވާދޫ، ގދ.ފިޔޮރީ އަދި ބ.ކެންދޫ ގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރެވިގެންދާއިރު ބ،ދަރަވަންދޫ ގައި ނަރުދަމާ ނިޒާމް ޤާއިމް ކުރެވިގެންދާނެއެވެ.

މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރު.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރާ ތާންގީ ބެހެއްޓުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، ޕަންޕިންލައިން އެޅުމާއި، ފެން މީޓަރ އާއި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީ ގޭގެއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހުއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް އަލްފާޞިލާ ފާތުމަތު ޝަނާ ފާރޫގު އެވެ.

އެއްބަސްވުމުގައި ހިމެނޭ ރަށްތަކުގެ ޕްރޮޖެކްޓުގެ އަގަކީ 216 މިލިއަން ދިވެހި ރުފިޔާއެވެ. މި ހަތަރު ރަށުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ 720 ދުވަހުގެ (2 އަހަރު ދުވަހުގެ) ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: