ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓްގެ ކާގޯ ގައި މަސައްކަތް ކުރާ 22 މުވައްޒަފުން ކޮވިޑަށް ޕޮޒްޓިވްވެއްޖެ

ކޮވިޑް-19
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކާގޯ ގައި މަސައްކަތް ކުރާ 22 މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒްޓިވްވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ އެއާޕޯޓުގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ކޮވިޑް-19 އަށް ޕޮޒްޓިވްވެފައި ވަނީ މިމަހުގެ 5 ވަނަދުވަހު ކަމަށެވެ.

އެއަށްފަހު މިމަހުގެ 12 ވަނަ ދުވަހު 5 މީހުން ޕޮޒްޓިވްވެފައިވާ ކަމަށާއި މިމަހުގެ 13 ވަނަ ދުވަހު 6 މީހަކު ފޕޮޒްޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިމަހުގެ 14 ވަނަ ދުވަހު 7 މީހަކު ޕޮޒްޓިވްވެފައި ވާއިރު އިއްޔެވެސް އިތުރު 3 މީހުން ވަނީ ޕޮޒްޓިވްވެފައެވެ.

ޑރ.ނަޒްލާ ވިދާޅުވީ މިއަދުވެސް އެއާޕޯޓުން 136 ސާމްޕަލް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ނަގާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: