ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރާ ވަޒީރުން އުޅޭ: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެންބަރު އިބޮރާހިމް ރަޝީދު ( ބޮންޑާ) - (ފޮޓޯ - މަޖިލިސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރު އޮޕަރޭޓް ކުރަމުންދަނީ ދައުލަތުގެ ވަޒީޒުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ސަރުކާރު ހިންގަން ތިބެގެން ކަޅު ބާޒާރުގައި ޑޮލަރު ނުވިއްކޭނެ ކަމަށާއި އެގޮތުން ކަޅު ބާޒާރުގައި ޑޮލަރު އެންމެ ގިނައިން ވިއްކާ މީހުންގެ ތެރޭގައި ވަޒީރުން ހިމެނޭއިރު ސަރުކާރު ކުންފުނިތަކުން ވެސް ކަޅު ބާޒާރުގައި ޑޮލަރު ގަންނަމުންދާ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާ ދަށްވެފަިއވާ ހަލަތުގައި ރާއްޖޭގައި ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑެވެ ޑޮލަރު ލިބުން ދަތިވެފައިވާކަމަށެވެ. ޑޮލަރު ލިބުން ދަތިވެފައިވަނީ ދައުލަތުގެ ވަޒީރުން ކަޅުބާޒާރުގައި ޑޮލަރު ވިއްކައި، ޑޮލަރުގެ މުޢާމަލާތް ކުރާތީކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭގެ މި ވާހަކަތަކާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރު ގަންނަނީ ކޮން ވަޒީރެއްތޯ ސާފުކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަމެއް ބޮންޑޭ ވިދާޅެއް ނުވެއެވެ.

”އަޅުގަނޑުމެން މިއުޅެނީ މި ކޯލިޝަނަކުން ސަލާމަތް ނުވެގެން. ބަޖެޓަށް ބަލައިފިނަމަ މަސްވެރިޔަކު ތޮތްޕެއް އަޅައިގެން ހުއްޓާ ގިރުވާނުން އެބަފެނޭ ރީދޫކުލަ، އެނޫނީ މުޅިންވެސް ދެން ފެންނަނީ ކޯލިޝަންގެ ކުލަތައް. އަޅުގަނޑު ދަންނަވާލަން ބޭނުން މިހާރު ދެން ކޯލިޝަން ވެއްޖިއްޔާ ކޯލިޝަނޭ، ރައްޔިތުން ވެއްޖިއްޔާ ރައްޔިންނޭ.“ ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ވަޒީރުންނާއި އަދި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ހައްޔަރުކުރަންޖެހޭ ކަމަށެވެ. އަދި ކަޅު ބާޒާރު ހިންގާ ފަރާތްތައް ހުއްޓުވައިގެން ނޫން ގޮތަކަށް ރާއްޖޭގެ އިގްތިސާދު ކޮޅަށް ނުޖެހޭނެ ކަމަށާއި އެގޮތުން ކަޅު ބާޒާރުގައި ވިއްކާ ކޮންމެ ޑޮލަރަކީ ރައްޔިތުންގެ ޖީބުން ނަގާ ފައިސާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: