ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީކާއިލް ގޮވައިގެން މިނިސްޓަރު މަލީހު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ

މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް: ފޮޓޯ ކޮމިއުނިކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ގޮވައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައިމިވަނީ އޭނާގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕަށް މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

އެ މައްސަލަ  ހުށަހެޅުއްވުމުގައި އިސްކޮށް ހުންނެވީ މެމްބަރު މީކާއިލް އެވެ.

އެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވަނީ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަޤާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މަލީހު ހައްދަވާފައި ނުވާކަމަށް ވިދާޅުވެއެވެ.

ނަމަވެސް މަލީހު ތުހުމަތު ކުރައްވާ ގޮތުގައި މިއީ ޓީވީ ޕްރޮގްރާމެއްގައި އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ހުށަހެޅުއްވި މައްސަލައެކެވެ.

މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބު ދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖެހުން ކަމަށެވެ.

މިއީ ނުރައްކަލުގެ ރަނގަބީލެއް ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހުއަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ސޯޝަލް މީޑިއާގައި އަމާޒުވެގެން ގޮސްފައެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 30%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: