ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުތަކަކީ އިންސާނީ ކަރާމާތަށް އަރައިގަންނަން ކޮށްފައިއޮތް ކަމެއް: މީކާއިލް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެޅި ހިޔާ ފްލެޓުތަކަކީ އިންސާނުން ދިރިއުޅެން ހެޔޮވާވަރު ތަނެއް ނޫން ކަމަށާއި އެއީ އިންސާނީ ކަރާމާތަށް އަރައިގަންނަން ކޮށްފައި އޮތް ކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ވާތު ސަންގު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ތަރައްގީ އަކީ25 ބުރީގެ އިމާރާތެއް އަޅަން50 ބުރީގެ އިމާރާތެއް އަޅަން ދާ އަގު ދިވެހި ރައްޔިތުންގެ ފައިސާއިން ހަރަދު ކުރުމެއް ނޫން ކަމަށެވެ. އަދި ބްރިޖުގެ ހަތަރު ލޭން އަޅާއިރު އޭގެ ދެ ލޭނު މަދުވުމެއް ނޫން ކަމަށާއި ތަރައްގީ އަކީ ހަމަ އަގުގައި ރައްޔިތުންނަށް ހައްގުވާ މިންވަރަށް އެކަން ތަންފީޒު ކޮށްދިނުން ކަމަށް މީކާއިލް ވިދާޅުވިއެވެ.

“މިސާލަކަށް ބަލަމާ ހިޔާ ފްލެޓް. އެތަނަަށް ހަރަދުކޮށްފައިވާ ނިސްބަތަށް ބަލާއިރު އެތަނަކީ ރައްޔިތަކު ދިރިއުޅެން ހަގީގަތުގައި އިންސަަނީ ކަަރާމާތަށް އަރައިގަންނަން ކޮށްފައި އޮތް ކަމެއް ގޮތަށް އަޅުގަނޑަށް ސިފަވަނީ.500 އަކަ ފޫޓަށް އެ ވައްދަނީ އެތައް ބަޔަކު އުޅޭ ބޮޑެތި އާއިލާތައް. އެތާ ހުރީ ހަތަރު ލިފްޓު. އެއީއެއް ނޫން މާލޭ ރައްޔިތުންނަށް ހައްގު މިންވަރަކީ.” މީކާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ގެންނަން ބޭނުންވާ ތަރައްގީ އަކީ ހިތްފަސޭހަ އަދި ދާއިމީ ގޮތެއްގައި މާލޭގެ ރައްޔިތުންނަށް ބަދަލެއް ގެނެވޭނެ ތަރައްގީއެއް ކަމަށެވެ.

މީކާއިލް އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުން ބޭނުންވާނީ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލެއް ނޫން ކަމަަށާއި އެ މީހުން ބޭނުން ވަނީ ބޯހިޔާ ވަހިކަން ކަމަށެވެ. އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންހާބުގައި ޕީޕީއެމް ފެއިލްވީ އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބޯހިޔާވަހިކަމޭކިޔައިގެން އަނގަތަޅާއިރު، ވޯޓުލާން އާދޭސްކުރި. އިންސާފުން ނުދިންތާ، އެއްރޫމް ކެޓަގަރީއުވާލީ. މިހާރު އެދިން މީހުން އެއީ ނުހައްގުން ކަމުގައި ވިޔަސް އަދިވެސް ތަޅުދަނޑި ހަވާލު ނުކުރެވޭ. އަމިއްލަ ނާގާބިލްކަން މި އަޅުވަނީ، ކުރީގެ މިނިސްޓަރު ބޮލުގަ. މިކަން ބެލީ ރައީސް އޮފީހުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: